އެސްއޯސީ ކަޕްގެ އިއްޔެގެ މެޗުތައް ގއ. އާއި ފުވައްމުލަކު ސިޓީ ކާމިޔާބުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
އެސްއޯސީ ކަޕްގެ އިއްޔެގެ މެޗުތައް ގއ. އާއި ފުވައްމުލަކު ސިޓީ ކާމިޔާބުކޮށްފި
ސައުތު ޑިވިޝަން އޮޕަރޭޝަން ކޮމާންޑް (އެސްއޯސީ) ހެޑް ކަޕް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗު އިއްޔެ ގއ. ޕޮލިސް ޓީމާއި، ދ. ޕޮލިސްޓީމް ބައްދަލުކުރި މެޗު 2-1 އިން ގއ. ޓީމް މޮޅުވެއްޖެއެވެ.

ގއ. ޓީމުގެ ދެ ލަނޑު ޖަހައިދީފައިވަނީ އާދަމް އުސްމާން (އުސްމާން) އާއި، އަހުމަދު އިރުފާން (އިރޭ) އެވެ. ދ. ޕޮލިސް ޓީމުގެ ލަނޑު ޖަހައިދީފައިވަނީ އަބްދުލް ޚާލިގް އަހްމަދެވެ. މިމެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ އަބްދުލް ނާސިރު އަލިފުޅެވެ.

އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފުވައްމުލަކު ޕޮލިސް ޓީމާއި، ތ. އަތޮޅު ޕޮލިސް ޓީމެވެ. އެމެޗު 3-2 ލަނޑުން ކާމިޔާބުކުރީ ފުވައްމުލަކު ސިޓީއެވެ. ފުވައްމުލަކު ސިޓީގެ ތިން ލަނޑުގެ ތެރެއިން ދެލަނޑު ޖަހައިދީފައިވަނީ މުހައްދު ޝިހާމް އެވެ. މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. އެޓީމްގެ ތިންވަނަ ލަނޑަކީ ތ. އަތޮޅު ޕޮލިސް ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ތ. އަތޮޅު ޓީމުން ލަނޑު ޖެހީ އަހްމަދު ރަޝީދާއި، އިސްމާއިލް މާޖިދެވެ.
މިއަދު އޮންލައިން