ފުވައްމުލަކު ސިޓީއާއި ދ. ޕޮލިސް މެޗު އެއްވަރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ފުވައްމުލަކު ސިޓީއާއި ދ. ޕޮލިސް މެޗު އެއްވަރު
އައްޑޫ ސިޓީ މަރަދޫގައި މިހާރު ކުރިއަށްދާ ސައުތު ޑިވިޝަން އޮޕަރޭޝަން ކޮމާންޑް (އެސްއޯސީ) ހެޑް ކަޕް ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިމެޗުގައި ބައްދަލުކުރީ ފުވައްމުލަކު ސިޓީ ޕޮލިސް ޓީމާއި، ދ. އަތޮޅު ޕޮލިސް ޓީމެވެ. މި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ދ. އަތޮޅު ޕޮލިސް ޓީމެވެ. އެޓީމް ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. އެލަނޑު ޖަހައިދިނީ ޖާޒީ ނަމްބަރ 13 މުހައްމަދު އިހުސާނެވެ. ފަހު ހާފުގައި ޖެހި ލަނޑު ކާމިޔާބު ކޮށްދިނީ ޖާޒީ ނަމްބަރ 10 އަބްދުލް ޚާލިގް އަހުމަދެވެ.

ފުވައްމުލަކު ސިޓީގެ ދެ ލަނޑުވެސް ޖަހައިފައިވަނީ ފަހު ހާފުގައެވެ. އެޓީމަށް ދެ ގޯލްވެސް ޖަހައިދީފައިވަނީ ޖާޒީނަމްބަރ 23 މުހައްމަދު ޝިހާމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ޝީހާމެވެ.

މި ދޭޓީމް އިއްޔެ ކުޅުނު މެޗުތަކުން ފުވައްމުލަކު ސިޓީ ކުޅުނު މެޗު އެޓީމް ވަނީ ކާމިޔާބުކޮށްފައެވެ. ދ. އަތޮޅު ޕޮލިސް ކުޅުނު މެޗުން އެޓީމް ވަނީ ބަލިވެފައެވެ.
މިއަދު އޮންލައިން