އައްޑޫ ސިޓީ މަރަދޫގައި ކުރިއަށްދާ ސައުތު ޑިވިޝަން އޮޕަރޭޝަން ކޮމާންޑް (އެސްއޯސީ) ހެޑް ކަޕް ފުޓްސަލް މުބާރާތުގައި މިއަދުގެ ދެވަނަ މެޗު ތ. އަތޮޅު ޕޮލިސް ޓީމް ކާމިޔާބު ކޮށްފިއެވެ.
މި މެޗު އެޓީމުން ކާމިޔާބުކުރީ ގއ. ޕޮލިސް ޓީމާ ބައްދަލުކޮށް 3-0 އިންނެވެ. މިއީ އެ ޓީމް މިމުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. އިއްޔެ އެޓީމް ކުޅުނު މެޗުންވަނީ ބަލިވެފައެވެ.
އެޓީމަށް ލަނޑުތައް ޖަހައިދީފައިވަނީ ޖާޒީ ނަމްބަރ 11 ނަސްރުﷲ 2 ލަނޑު، ޖާޒީ ނަމްބަރ 3 ހާމިދު ނަސީރު 1 ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތ.އަތޮޅު ޕޮލިސް ޓީމްގެ ޖާޒީ ނަމްބަރ 6 ހުސައިން ރަޝީދެވެ.
މި މުބާރާތުގައި މާދަމާވެސް ދެ މެޗު ކުޅޭނެއެވެ. މެޗުތައް ފަށާނީ ހަވީރު 16:15 ގައެވެ.