ކެންސަރަށް ހޭލުންތެރިކުރުވުމުގެ ގޮތުން 7 އަަހަރުގެ އަންހެން ކުއްޖަކު ބޯބާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ކެންސަރަށް ހޭލުންތެރިކުރުވުމުގެ ގޮތުން 7 އަަހަރުގެ އަންހެން ކުއްޖަކު ބޯބާލައިފި
ކެންސަރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ދުބާއީގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ އުމުރުން 7 އަަހަރުގެ އަންހެން ކުއްޖަކު ބޯބާލައިފިއެވެ.

އެލިޒަބަތުގެ 3 ވަނަ ދަރިފުޅު، ޕްރޭމީ މެތިޔު ބުނީ އެނާގެ މަންމައަށް ވަނީ އުރަމަތީ ކެންސަރު ޖެހިފައި ކަަމށާއި އެނާގެ ބޭނުމަކީ ހުރިހާ އަންހެނުންވެސް ޤަވާއިދުން އުރަމަތީ ކެންސަރަށް ޓެސްޓްކުރުމަކީ މުހިންމުކަމެއްކަން މީހުންގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

އުރަމަތީ ކެންސަރަކީ އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރެވެ، އައިޖީއެމްއެްޗުން މިހާރު ގެންދަނީ މި ޓެސްޓް ހިލޭ ހަދައިދެމުންނެވެ. މިކަމަށްޓަކައި އަންގާރަ ދުވަސް ވަނީ ޚާއްޞަކޮށްފައެވެ.

މިކަން ތަޢާރަފްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ ޢަލީ ނަޒީމް ވިދާޅުވީ އުރަމަތީ ކެންސަރަަށް ޓެސްޓްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އުމުރުން 40 އަަހަރުވުމުން އެއީ މަޖުބޫރުކަމެއް ފަދަ ކަމެއް ކަމަށެވެ.

އައިޛީއެމްއެޗުން ޓެސްޓްތައް ހަދައި ސްކޭންކޮށްދެނީ އާސަންދައިގެދަށުން ހިލޭއެވެ.

https://www.facebook.com/pg/protectyourmom/videos
މިއަދު އޮންލައިން