ބ. އެޓޯލް ޔުނިޓީ ކަޕް: އެންމެފަހުގެ ޗެމްޕިއަން ސޮނެވާ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި އިރު، ކޮކޯ ޕާމް ދަރަވަންދޫ މެޗު އެއްވަރު.

ކިޔުމަށް ހޭދަވާނީ 1މ 21ސ
ބ. އެޓޯލް ޔުނިޓީ ކަޕް: އެންމެފަހުގެ ޗެމްޕިއަން ސޮނެވާ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި އިރު، ކޮކޯ ޕާމް ދަރަވަންދޫ މެޗު އެއްވަރު.
ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރުކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފަހުގެ ޗެމްޕިއަން ސޮނެވާ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވި އިރު، ކިންގްސް ޔުނައިޓެޑާއި ކޮކޯޕާމްބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ސޮނެވާފުށި ވަނީ މާޅޮސް ޔޫތްކްލަބާއި ބައްދަލުކޮށް މި މެޗް 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންމޮޅުވެފައެވެ. މި މެޗުގައި ސޮނެވާގެ ލަނޑުތައް ޖަހައިދިނީ އަލީ ޝިފާއު، މުހައްމަދު ލިޔާހް އަދި މައުރޫފްމުހައްމަދެވެ.

މީގެ ތެރެއިން މައުރޫފް މުހައްމަދު ވަނީ 4 ލަނޑު ޖަހައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ. އަދި މާޅޮސް ޓީމުގެއަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވާ އިރު، އެޓީމުން ޖެހި ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު ނާޒިމްއެވެ.

މިއަދުގެ ދެވަނަ މެޗުގައި ކޮކޯޕާމް ރިސޯޓާއިދަރަވަންދޫގެ ކިންގްސް ޔުނައިޓެޑް ޓީމު ބައްދަލު ބައްދަލުކުރި މެޗު ނިމުނީ 3-3 ން އެއްވަރުވެގެންނެވެ. މި މެޗުގައި ކޮކޯޕާމްގެލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ މުހައްމަދު، އަހުމަދު ޝާން އަދިނަސްވާން އިބްރާހިމް ޒުބައިރެވެ. ކިންގްސް ޔުނައިޓެޑްގެ ގޯލްތައް ކާމިޔާބުކުރީ ސާމިހް އަލީ ޝަރީފް،އީމާން އިލްޔާސް އަދި ހުސައިން ނާސިފެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކޮކޯޕާމް ރިސޯޓުގެ ޖާރޒީ ނަންބަރ 10 އަހުމަދު ޝާންއެވެ.

މި މުބާރާތުގައި މާދަމާ ހަވީރުވެސް 2 މެޗު ކުޅޭނެއެވެ. ފުރަތަމަމެޗްގައި 16:05 ގައި ރޯޔަލް އާއި ކިހަވަށްސްޓްރައިކަރޒް ބައްދަލު ކުރާ އިރު، ދެވަނަ މެޗުގައި 17:00 ގައި ބައްދަލުކުރާނީ ފެއިމްސްޔުނައިޓެޑާއި ޔުނައިޓެޑް ވީ އެވެ.
މިއަދު އޮންލައިން