2-1 ލަނޑުން ގއ. އިން ފުވައްމުލަކު ސިޓީ ބަލިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
2-1 ލަނޑުން ގއ. އިން ފުވައްމުލަކު ސިޓީ ބަލިކޮށްފި
ސައުތު ޑިވިޝަން އޮޕަރޭޝަން ކޮމާންޑް (އެސްއޯސީ) ހެޑް ކަޕް ފުޓްސަލް މުބާރާތުގައި މިއަދުގެ ފުރަތަމަ މެޗު ގއ. ޕޮލިސް ޓީމް ކާމިޔާބުކޮށްފިއެވެ.

އެޓީމް މިމެޗު ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މި މެޗުގައި ގއ. ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައިވަނީ ޖާޒީ ނަމްނަރ 7 އާދަމް އުސްމާނެވެ. ދެވަނަ ލަނޑު ޖަހައިދީފައިވަނީ ޖާޒީ ނަމްބަރ 11 ސައުދު އަހުމަދެވެ. ފުވައްމުލަކު ސިޓީގެ ލަނޑު ޖަހައިދީފައިވަނީ ޖާޒީ ނަމްބަރ 23 މުހައްމަދު ޝިހާމެވެ.

ގއ. މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅު އެއް މެޗުން ބަލިވެ 6 ޕޮއިންޓް ވަނީ ހޯދައިފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގއ. ޕޮލިސް ޓީމްގެ ޖާޒީ ނަންމަބަރ 7 އާދަމް އުސްމާނެވެ.
\
މިއަދު އޮންލައިން