މާލޭ ލީގުގައި ކުލަބު ވެލެންސިއާ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގްރީން ސްޓްރީޓާއި ބައްދަލުކުރި މިމެޗު ނިމުނީ 1-1ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ގްރީން ސްޓްރީޓުންނެވެ. ނަމަވެސް މާގިނަ އިރުތަކެއްނުވެ ވެލެންސިއާއިން ވަނީ ލަނޑެއްޖަހާ އެއްވަރުކޮށްފައެވެ.