އިންޑިއާގެ މުސްލިމް ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައްޔިދު ޝިހާބުއްދީން އަވަހާރަވެއްޖެއެވެ. މިމަހުގެ 4 ވަނަ ދުވަހު އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ 82 އަހަރެވެ. އަވާހަރަވީ އާލާސްކަންފުޅުގައި ދިގު މުއްދަތެއްގައި އުޅުއްވުމަށްފަހުއެވެ.
ޝިހާބުއްދީން ފުރަތަމަ އަދާ ކުރެއްވީ އިންޑިއާގެ ޚާރިޖިއްޔާގެ ޑިޕޮލޮމެޓެއްގެ ވަޒީފާއެވެ. ފަހުން ސިޔާސީ ލީޑަރަކަށް ބަދަލުވެވަޑައިގެން 1976 ވަނައަހަރުން ފެށިގެން 1998 ވަނަ އަހަރަށް ވަނީ ވިދިވިދިގެން 3 ދައުރުގައި ޕާލަމެންޓް މެންބަރުކަން ކުރައްވައިފައެވެ.
ހިންދޫންގެ ކިބައިން ބާބްރީ މަސްޖިދު ސަލާމަތް ކުރައްވަން ގަދައަޅުވައްވައި މަސައްކަތްޕުޅު ކުރެއްވެވި އެއް ބޭފުޅަކީ ޝިހާބުއްދީން އެވެ. ޝިހާބުއްދީން ވަނީ އިންޑިއާގައި ނެރޭ މުސްލިމް ޖަރނަލްގެ އެޑިޓަރުކަން 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައެވެ. ޝިހާބުއްދީން އަކީ އިންސާފް ޕާޓީގެ ބާނީއެވެ.
ޝިހާބުއްދީން އަކީ އިންޑިއާގެ މިއަދުގެ ހާލަތާއިބެހޭ ގޮތުން ތަފާތު ޓީވީ ޗެނެލްތަކުގަ އާއި މީޑިއާތަަކުގައި ބަސްފުޅު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.