ހަމައެކަނި އަންހެނުން ބައިވެރިވެގެން އެއާއިންޑިއާގެ ފްލައިޓެއްގައި ދުނިޔެވަށާ ބުރެއް ޖަހައިފިއެވެ.
މި ދަތުރުގައި ކްރޫންނާއި ޕައިލެޓުންނާއި އިންޖިނޭރުންގެ ގޮތުގައި އަންހެނުން ތިބުމުގެ އިތުރުން ފްލައިޓްގެ ދަތުރާއިބެހޭ ހުރިހާ ކަމެއް އިންޑިއާގެ އެއާޕޯޓުގައިވެސް ކޮށްފައިވަނީ އަންހެނުންނެވެ.
ބޮއިން 777ގެ ފްލައިޓެއްގައި ކުރި މިދަތުރު ފުރާފައިވަނީ މިދިއަ ހޯމަ ދުވަހު ނިޔުދިއްލީންނެވެ. ސެންފްރެންސިސްކޯއަށް ފްލައީޓް ދަތުރުކުރީ ޕެސިފިކް އޯޝަން ހުރަސްކޮށެވެ. ފްލައިޓް ސެންފްރެސްސިސްކޯ އިން ފުރައިގެން އިންޑިއާއަށް އައީ ދުނިޔެވަށާލައި އެޓްލާންޓިކް ކަނޑުގެމަތިން އުދުހިފައެވެ. އިންޑިއާއަށް ފްލައިޓް ޖައްސާފައިވަނީ މިދިއަ ހުކުރު ދުވަހުއެވެ.
އެއާ އިންޑިއާ އިން ބުނީ މިއީ ދުނިޔެވަށައި ހަމައެކަނި އަންހެނުން ހުރިހައި ކަމެއްގައި ބައިވެރިވެގެން ފްލައިޓެއްގައި ކުރި ފުރަތަމަ ދަތުރު ކަމަށެވެ. އަދި މިދަތުރުގެ ވާހަކަ ދުނިޔޭގެ ރެކޯޑް ފޮތުގައި ލިޔުއްވަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.