ރިޝްވަތު ނެގުމަށްފަހު ސަރުކާރަށް ލިބެންޖެހޭ ފައިސާ ނުނެގުމުން 300 އިންސައްތައިން ޖުރުމަނާކޮށް 3 އަހަރަށް ޖަލަށް ލުމަށް ޝާރުޖާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
މި މައްސަލަ ކުރިމަތިވީ ޝާރުޖާގައި ތިބެ ވިސާ ޖުރުމަނާވުމުން ނުނަގާ ގިނަ ބައަކު ޤައުމުން ބޭރުކޮށްފައިވާކަން ސާބިތުވުމުންނެވެ. ތަޙްޤީޤަށް އެނގުނު ގޮތުގައި އޮފިސަރު ވަނީ ސަރުކާރަށް ލިބެންޖެހޭ 445،700 ދިރުހަމް ނުނަގައި ދޫކޮސްލާފައެވެ. އެކަމުގެ އަގެއްގެ ގޮތުން އޭނާއަށް ވަނީ 30،000 ދިރުހަމް ނަގައިފައެވެ.
ކޯޓުން ކުރި ޙުކުމުގައިވަނީ ކުރި ކުށުގެ ޖުރުމަނާއެއްގެ ގޮތުގައި 975.700 ދިރުހަމް ދެއްކުމަށާއި އޭނާގެ ސަބަބުން ސަރުކާރަށް ނުލިބި އޮތް 445،700 ދިރުހަމް ސަރުކާރަށް ދެއްކުމަށެވެ. މިއީ އޭނާގެ ސަބަބުން ސަރުކާރަށް ގެއްލުނު އަދަދުގެ 3 ގުނައަށްވުރެ އިތުރު އަދަދެކެވެ.
ޝާރުޖާގައި މިގޮތަށް ކުރާ ޙުކުމެއްގެ އަދަބުން ސަލާމަތްވެވޭނީ ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ނިމުމުންނެވެ.