ސައުތު ޑިވިޝަން އޮޕަރޭޝަން ކޮމާންޑް (އެސްއޯސީ) ހެޑް ކަޕް ފުޓްސަލް މުބާރާތުގައި މިއަދުގެ ދެވަނަ މެޗު ތ. އަތޮޅު ޕޮލިސް ޓީމް ކާމިޔާބު ކޮށްފިއެވެ. ދ. އަތޮޅު ޕޮލިސްޓީމާ ބައްދަލުކޮށް އެޓީމް މެޗު ކާމިޔާބުކުރީ 3-2 ލަނޑުންނެވެ.
މި މެޗުގައި ތ. އަތޮޅު ޕޮލިސް ޓީމަށް ލަނޑު ޖަހައިދީފައިވަނީ އެޓީމްގެ ޖާޒީ ނަމްބަރ 7 އިބްރާހީމް މިގްދާދާއި، ޖާޒީ ނަމްބަރ 10 އިސްމާއީލް މާޖިދާއި، ޖާޒީ ނަމްބަރ 11 ނަސްރުﷲ އެވެ. ދ. އަތޮޅުގެ ދެލަނޑު ޖަހައިދީފައިވަނީ އެޓީމްގެ ޖާޒީ ނަމްނަރ 9 ހަސަން ސިމާހާއި، ޖާޒީ ނަމްބަރ 13 މުހައްމަދު އިހުސާނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތ. އަތޮޅު ޕޮލިސްގެ ޖާޒީ ނަމްބަރ 11 ނަސްރުﷲ އެވެ. މުބާރާތުގެ ސެމީގެ މެޗުތައް މާދަމާ ކުޅޭނެއެވެ.