މެލޭޝިއާގައި ޤާއިމްކުރާ ސައުދީ ޕީސް ސެންޓަރުން އިސްލާމްދީނުގެ ފުރިހަމަކަން ދައްކުވައިދޭނެ- ކޭ.އޭ.ސީ.އެން.ޑީ ގެ އެސްޖީ

ކިޔުމަށް ހޭދަވާނީ 1މ 53ސ
މެލޭޝިއާގައި ޤާއިމްކުރާ ސައުދީ ޕީސް ސެންޓަރުން އިސްލާމްދީނުގެ ފުރިހަމަކަން ދައްކުވައިދޭނެ- ކޭ.އޭ.ސީ.އެން.ޑީ ގެ އެސްޖީ
ރިޔާދް- ދުނިޔޭގައި ސުލްޙަ މަސަލަސްކަން ދައްކުވާ ދިނުމުގެ ގޮތުން، މެލޭޝިއާގައި ސައުދީ ސަރުކާރުން އުފައްދާ "ކިންގް ސަލްމާން ސެންޓަރ ފޮ ގްލޯބަލް ޕީސް" އިން އިސްލާމް ދީނުގެ ފުރިހަމަކަމާއި ސުލްޙަވެރިކަން ދައްކުވާދޭނެ ކަމަށް ކިންގް ޢަބްދުލްޢަޒީޒު ސެންޓަރ ފޮރ ނޭޝަނަލް ޑައިލޮގް (ކޭއޭސީއެންޑި) ގެ ސެކްރެޓަރީ ޖެނެރަލް ފައިސަލް ބިން ޢަބްދުއްރަޙްމާން ބިން މުއައްމަރު ވިދާޅު ވެއްޖެއެވެ.

ސަލްމާން ރަސްގެފާނު މެލޭޝިއާއަށް ކުރި ދަތުރުފުޅުގައި، ދެޤައުމުގެ މެދުގައި އެއްބަސްވެފައިވަނީ ސައުދީ މިނިސްޓްރީ އޮފް ޑިފެންސް އާއި މެލޭޝިއަން މިނިސްޓްރީ އޮފް ޑިފެންސްގެ ސެންޓަރ ފޮރ ސެކިއުރިޓީ އެންޑް ޑިފެންސް، މެލޭޝިއަން ޔުނިވާރސިޓީ އޮފް އިސްލާމިކް ސައިންސެސް ގެ އިތުރުން މައްކާގައި ހުންނަ މުސްލިމް ވޯލްޑް ލީގް ގުޅިގެން މިސެންޓަރުގެ މަސައްކަތްތަށް ކުރުމަށެވެ.

ކޭއޭސީއެންޑީ ގެ ޗީފް ވިދާޅުވި ގޮތުގައި މިފަދަ ސެންޓަރެއް ޤާއިމް ކުރުމުގެ މައިގަނޑު މަޤްސަދަކީ އިސްލާމްދީނުގެ ސުލްޙަ މަސަލަސްކަމާއި އެހެނިހެން މަޢުލޫމާތުތަށް ދާއިމީކޮށް އާއްމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން އެސްޖީ ފައިސަލް ވިދާޅުވީ ހަނގުރާތަކާއި ޓެރަރިޒަމްގެ ސަބަބުން އެސަރަޙައްދުގައި އިސްލާމްދީނުގެ ވަރުގަދަ ކަމަށް ބުރޫއަރާފައިވާތީ، ސުލްޙަވެރިކަން ދެމެހެއްޓުމަށް އަޅުއްވާ މި ސެންޓަރުގެ ސަބަބުން އެއްބައިވަންތަކަން އަނެއްކާވެސް ދެމެހެއްތޭނެ ކަމަށެވެ.

"މުސްލިމް އެކި ޤައުމުތަކުގެ މެދުގައި މުޢާމަލާތްކޮސް ގުޅުން ރަނގަޅަށް ބަހައްޓާ އިސްލާމްދީން ކުރިއެރުވޭތޯ ކުރާ އެއްވެސް މަސައްކަތެއްގައި، ސަލްމާން ރަސްގެފާނު ފަސްޖެހި ވަޑައި ނުގަންނަވާ" ކޭއޭސީއެންޑީ ގެ ސެކްރެޓަރީ ޖެނެރަލް ފައިސަލް ބިން ޢަބްދުއްރަޙްމާން ބިން މުއައްމަރު ވިދާޅުވިއެވެ.

މީގެއިތުރުން ޗީފް ފައިސަލް ވިދާޅުވީ "ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އެއް ބަޔަކު އަނެއްބަޔަކައި ގުޅިގެން އުޅެން އެބަ ޖެހޭ، އެކްސްޓްރީމިޒަމް އާއި ޓެރަރިޒްމް ނައްތާލާ މުސްލިމުންގެ ޙަޤީޤީ ރީތި ސިފަ ދައްކުވާދޭން އެބަ ޖެހޭ. މުސްލިމުންނަކީ ސުލްޙަވެރިކަމާއި ލޯބި ދައްކުވާދޭން ޖެހޭ ބައެއް" ކަމަށެވެ.
މިއަދު އޮންލައިން