ވެސްޓްބޭންކް ޖަހައިގަތުމާއިމެދު ޓްރަމްޕް ކަންބޮޑުވޭ: އިޒްރޭލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ވެސްޓްބޭންކް ޖަހައިގަތުމާއިމެދު ޓްރަމްޕް ކަންބޮޑުވޭ: އިޒްރޭލް
ފަލަސްޠީނުގެ ވެސްޓް ބޭންކް ސަރަހައްދު އިޒްރޭލުން ޖަހައިގަނެ އިޒްރޭލުގެ ސަރަހައްދެއްގެ ގޮތުގައި ހަމަޖެއްސުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ކަންބޮޑުވާކަމަށް އިޒްރޭލުން ބުނެފިއެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު މިއަދު ބުނީ އެކަން ކުރުމަކީ ޓްރަމްޕްގެ ސަރުކާރަށް މައްސަލަތައް ކުރިމަތިވާނެ ކަމެއް ކަމަށް ޓްރަމްޕުގެ ސަރުކާރުން ބުނެފި ކަމަށެވެ.

"އަހަރެމެންނަށް ލިބުނީ އިޝާރާތެއް ނޫން. ލިބިފައިވަނީ ކުއްލި މެސެޖެއް. އެމެސެޖުގައި ބުނެފައިވަނީ ވެސްޓް ބޭންކް ސަރަހައްދަކީ އިޒްރޭލުގެ ބައެއް ކަމަށް ކަނޑައެޅުމަކީ މިހާރުން މިހާރަށްވެސް ޓްރަމްޕްގެ ވެރިކަމަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް." މިނިސްޓަރު ބުނެފައިވެއެވެ.

މަޖިލީހުގައި ކުރި ބައެއް ސުވާލުތަކަށް ޖަވާބުދެމުން ޑިފެންސް މިނިސްޓަރު ބުނީ ނަތަޔާންހޫ ބޭނުންވަނީ އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކް ސަރަހައްދަކީ އިޒްރޭލުގެ ސަރަހައްދެއްކަމަށް ކަނޑާއަޅައި އެސަރަހައްދުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަކީ އިޒްރޭލުގެ ރައްޔިތުން ކަމަށް ހަދަން ކަމަށެވެ. ނަމަވެސް ވޯޓު ނުލެވޭ ގޮތަށް ކަމަށެވެ.
މިއަދު އޮންލައިން