ބަލިވެއިނުމުން ބަނޑުން ވައްޓާލާފައި އޮތް 19 އަންހެން ކުދިން މުމްބާއީގެ ސަރަހައްދަކުން ހޯދައިފިއެވެ. ފުލުހުން ބުނީ ހުރިހާ ކުދިންވެސް ވަނީ ޕްލާސްޓިކް ކޮޓަޅުގައި ބަންދުކޮށްފައި ކަމަށެވެ. އަދި މިކަންކުރިކަމަށް ބެލެވޭ ޑޮކްޓަރު ހޯދަމުން ގެންދާ ކަމަށެވެ.
އިންޑިއާގައި އަންހެން ދަރިއެއްކަން އެނގުމުން ދަރިން ވެއްޓުމަކީ ޢާންމުކަމެކެވެ. ނަމަވެސް ބަލިވެ އިނުމުން ޖިންސް ބެލުމަކީ އަދި ދަރިން ވެށްޓުމަކީ އިންޑިއާގައި މަނާކަމެކެވެ. އެކަންކޮށްފިނަމަ 5 އަހަރުދުވަހުގެ ޖަލު ޙުކުމެއް އިްވައެވެ.
ފުލުހުން ބުނީ ދަރިވައްޓަން އުޅުމުގެ ތެރޭގައި 26 އަހަރުގެ އަންހެނަކު ދާދިފަހުން މަރުވެފައިވާ ކަމަށާއި އެކަމާއި ގުޅިގެން އޭނާ ޑޮކްޓަރަށް ގެންދިއަ އޭނާގެ ފިރިމީހާ ބަންދުކޮށްފައިވާ ކަމަށެވެ.
އަންހެން ދަރިންނަށް ބަލިވެ އިނުމުން ޢާންމު ގޮތެއްގައި ވައްޓަނީ ފަޤީރުންނެވެ. އަންހެން ދަރިއަކު ލިބުމުން ޢާއިލާއަށް ކުރިމަތިވާނެ މާލީ މައްސަލަތަކުން ސަލާމަތްވުމަށެވެ.