އައްޑޫ ސިޓީ މަރަދޫގައި މިހާރު ކުރިއަށްދާ ސައުތު ޑިވިޝަން އޮޕަރޭޝަން ކޮމާންޑް (އެސްއޯސީ) ހެޑް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ތ. އަތޮޅު ޕޮލިސް ކަށަވަރު ކޮށްފިއެވެ.
އެޓީމް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ސެމީގެ ފުރަތަމަ މެޗުގައި ގއ. ޕޮލިސް ޓީމާ ބައްދަލުކޮށް 2-0 ލަނޑުން މޮޅުވެގެންނެވެ. އެޓީމަށް ލަނޑު ޖަހައިދީފައިވަނީ ޖާޒީ ނަމްބަރ 7 އިބްރާހީމް މިގްދާދާއި، ޖާޒީ ނަމްބަރ 11 ނަސްރުﷲ އެވެ. މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވުނީވެސް ނަސްރުﷲ އެވެ.
ފައިނަލުގައި ތ. އަތޮޅު ޕޮލިސް ޓީމާ ވާދަކުރާނީ މިމަހު 8 ވަނަ ދުވަހު ކުޅޭ ތިންވަނަ ފައިނަލަށް ފަހުގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ގއ. ޕޮލިސް ޓީމާއި، ދ. ޕޮލިސް ޓީމެވެ. މެޗު ފަށާނީ ހަވީރު 16:30 ގައެވެ.