އައްޑޫ ސިޓީ މަރަދޫގައި މިހާރު ކުރިއަށްދާ ސައުތު ޑިވިޝަން އޮޕަރޭޝަން ކޮމާންޑް (އެސްއޯސީ) ހެޑް ކަޕް ފުޓްސަލް މުބާރާތުގެ ސެމީގެ ތިންވަނަ މެޗުގައި ގއ. ޕޮލިސް ޓީމާ ބައްދަލުކުރާނެ ޓީމަކަށް ދ. އަތޮޅު ޕޮލިސް ޓީމް ހޮވިއްޖެއެވެ.
އެޓީމް ގއ. ޕޮލިސް ޓީމާ ބައްދަލުކުރާ ގޮތަށް ހަމަޖެހުނީ މިއަދު ހަވީރު މަރަދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު ސެމީގެ ދެވަނަ މެޗު ޕެނަލްޓީ ޖަހައިގެން 6-5 އިން ފުވައްމުލަކު ސިޓީ ބަލިކޮށްގެންނެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެޓީމްވަނީ އެއްވަރު ވެފައެވެ. އެހެން ކަމުން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދ. ޕޮލިސް ޓީމްގެ ޖާޒީ ނަމްބަރ 7 އިސްމާޢީލް އަޙުމަދެވެ.
މިއީ ފުލުހުންގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަކަން ބަދަހި ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.