އައްޑޫ ސިޓި ހިތަދޫގައި ކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރާގައި ފޭދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލް މިއަދު ބައްދަލުކުރި މެޗު 7-4 ލަނޑުން ފޭދޫ ސްކޫލް މޮޅުވެއްޖެއެވެ.
މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފޭދޫ ސްކޫލްގެ ޖާޒީ ނަމްބަރ 7 ހަސަން ލައިސް އަދުނާން ވަނީ 5 ލަނޑު ޖަހައިފައެވެ. އެޓީމުގެ އިތުރު ލަނޑު ޖަހައިފައިވަނީ ޖާޒީ ނަމްބަރ 8 އިބްރާހީމް ނަވާލާއި، ޖާޒީ ނަމްބަރ 10 ހަސަން ޝިޔާހެވެ.
ޝަރަފުއްދީން ސްކޫލުގެ 4 ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައިދީފައިވަނީ އަހުމަދު ހާމީ އެވެ. އަނެއް ދެލަނޑު ޖަހައިދީފައިވަނީ އިބްރާހީމް އަމީމާއި، އަސަދުﷲ އަލީ ސައީދެވެ.
މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ސ. އަތޮޅު މަދަރުސާއި، ހިތަދޫ ސްކޫލެވެ.