މައިލޯ 3 ވަނަ އިންޓަރ ސްކޫލު ހޭންޑްބޯލް މުބާރާތުގައި 14 ސްކޫލަކުން 68 ޓީމު ބައިވެރިވެއްޖެއެވެ.
އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ދ. އަތޮޅާއި ކ. އަތޮޅުންވެސް ވަނީ ބައިވެރިވެފައެވެ.
ދެ ޖިންސުގެ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި12 އަހަރާއި 14 އަހަރު އަދި 16 އަހަރުންދަށުގެއުމުރުފުރާތަކުން ވާދަކުރާ އިރު، ގުރު ނެގުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 16:00 ގައި ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމުގައެވެ.
ފައިބެއަހަރުގެ މުބާރާތުގައި 36 ޓީމު ވާދަކުރި އިރު، 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަން މަޖީދިއްޔާ ސްކޫލް ހޯދި އިރު، އަންހެން ބައިގެ ޗެންޕިއަންކަން ހޯދީ މާފުށިސްކޫލެވެ. އަދި 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ފިރިހެންބައިގެ ޗެމްޕިއަންކަން ދަރުމަވަންތަ ސްކޫލުން ހޯދި އިރު، 12އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ސުކޫލު، އަދި 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނުސުކޫލެވެ.