ދާދިފަހުން ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މެލޭޝިޔާއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނަށް ހަމަލާ ދިނުމަށް މަސައްކަތްކުރި ހޫތީންގެ ބައަކު އަތުލައިގެނެވުނު ކަމަށް މެލޭސިޔާއިން ބުނެފިއެވެ.
މެލޭސިޔާއިން ބުނެފައިވަނީ މިމީހުން އަތުލައިގަނެވިފައިވަނީ ފެބްރުވަރީ މަހުގެ 21 ވަނަ ދުވަހާއި 26 ވަނަ ދުވަހާއި ދެެމެދުގައި ކަމަށެވެ. އަތުލައިގަނެވިފައިވަނީ މެލޭސިޔާގެ މީހަކާއި ބިދޭސީ 6 މީހުން ކަމަށެވެ. ބިދޭސީ 6 މީހުންގެ ތެރޭގައި ޔަމަނުގެ 4 މީހުންނާއި އިންޑޮނޭސިއާ އެކަކާއި އިރުމަތީ އޭސިއާގެ މީހަކު ހިމެނޭ ކަމަށެވެ.
މެލެޝިޔާގެ ފުލުހުން ބުނެފައިވަނީ ޔަމަނުގެ 4 މީހުން މެލޭސިޔާއަށް އެތެރެވެފައިވަނީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ކަމަށާއި މެލޭޝިޔާގައި އެމީހުން މަސްތުވާތަކެތީގެ ވިޔަފާރިވެސް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ޔަމަނު މީހުން އަތުން ގިނަ ޤައުމުތަކެއްގެ ޕާސްޕޯޓްތަކާއި 60،700 ޑޮލަރުވެސް އަތުލެވިފައިވާ ކަމަށެވެ. "އަަހަރެމެން ތިބީ ވިސްނައިގެން. ވަގުތުޖެހުމުގެކުރިން. އެ އެންމެން އަހަރެމެން ވާނީ ހައްޔަރުކޮށްފަ."