ސައުދި އަރަބިޔާގތެ ވެރި ރަށުގައި އުލުނު އައިސިސްގެ ހަނގުރާމަވެރިއަކު ހައްޔަރުކުރަން ފުލުހުން ދިއުމުން ފިލަން މަސައްކަތްކުރުމުން ބަޑިޖަހާ މަރާލައިފިއެވެ.
ސައުދީ ހޯމް މިނިސްޓްރީން ބުނީ އޭނާ އުޅޭ އެޕާޓްމަންޓަށް ފުލުހުން ދިއައީ އޭނާ ހައްޔަރުކުރުމަށް ކަމަށެވެ. ނަމަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން މަސައްކަތްކުރީ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ އޭނާ އާއި ގުޅުންހުރި ފިސްތޯލައަކާއި އެހެންވެސް ބައެއް ސާމާނު ފެނިފައިވާ ކަމަށެވެ. އަދި އޭނާ ދުއްވި ކާރަކީ މީގެ ކުރީގެ ހާދިސާއެއްގައި މަރާލެވިފައިވާ އައިއެސް މީހަކު ދުއްވި ކާރު ކަމަށްވެސް ފުލުހުން ބުނެއެވެ.