ގއ. ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ދ. ޕޮލިސް ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ގއ. ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ ދ. ޕޮލިސް ހޯދައިފި
އައްޑޫ ސިޓީ މަރަދޫގައި މިހާރު ކުރިއަށްދާ ސައުތު ޑިވިޝަން އޮޕަރޭޝަން ކޮމާންޑް (އެސްއޯސީ) ހެޑް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ދ. އަތޮޅު ޕޮލިސް ޓީމް ހޯދައިފިއެވެ.

އެޓީމަށް ފައިނަލުގެ ދެވަނަ ޖާގަ ލިބުނީ ސެމީގެ ތިންވަނަ މެޗުގައި ގއ. ޕޮލިސް ޓީމާ މިއަދު ހަވީރު ބައްދަލުކުރި މެޗު 3-1 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

މިމެޗުގައި ދ. ޕޮލިސް ޓީމުގެ ތިންލަނޑުގެ ތެރެއިން އެއްލަނޑަކީ ގއ. ޕޮލިސް ޓީމް އަތުން ބައިކޮޅަށްވަން ލަނޑެކެވެ. އަނެއް ދެލަނޑު ޖަހައިދީފައިވަނީ ޖާޒީނަމަބަރ 8 އިބްރާހީމް ހަފީޒާއި، ޖާޒީނަމްބަރ 10 ޢަބްދުލް ޚާލިގު އަޙުމަދެވެ. ގއ. ޕޮލިސް ޓީމުގެ ހަމައެކަނި ލަނޑަކީ ޖާޒީނަމްބަރ 32 ހުސައިން ނަދީމް ކާމިޔާބުކޮށްދިން ލަޑެކެވެ.

މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ދ. ޓީމުގެ ޖާޒީނަމްބަރ 18 ނިމާލް ޔޫސުފެވެ. އޭނާއަށް އިނާމް ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޝަންގެ ކުރީގެ ކޮމާންޑަރުން ކަމަށްވާ ޝިފާނާއި، ސަމީރެވެ. ފައިނަލް މެޗުކުޅޭނީ މިމަހުގެ 10 ވަނަ ދުވަހު ހަވީރު، މަރަދޫ ދަނޑުގައެވެ.
މިއަދު އޮންލައިން