ފިރިމީހާ: މަށަށް 7 މިލިއަން ދިރުހަމްގެ މިލިއަނަރަކަށް ވެވިއްޖެ- އަނބިމީހާ: މޮޔަވީތަ؟ ފިރިމިހާ: ލޮޓަރީ ބަލާލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ފިރިމީހާ: މަށަށް 7 މިލިއަން ދިރުހަމްގެ މިލިއަނަރަކަށް ވެވިއްޖެ- އަނބިމީހާ: މޮޔަވީތަ؟ ފިރިމިހާ: ލޮޓަރީ ބަލާލާ!
އަބޫދާބީގެ ކުންފުންޏެއްގައި ކާގޯ އުފުލަން މަސައްކަތްކުރާ އިންޑިއާގެ ކެރަލާ ސްޓޭޓަށް ނިޞްބަތްވާ އުމުރުން 33 އަހަރުގެ ސްރީރާޖް ކްރިޝްނަން އަށް އެއާޕޯޓް މައި ލޮޓަރީން 7 މިލިއަން ދިރުހަމް ލިބުނުކަން އެނގުމުން ފުރަތަމަ ވެސް ފޯނުކުރީ އޭނާގެ އަނބިމީހާއަށެެވެ.

އަބުދާބީ ކުންފުންޏެއްގައި ކްލާކެއްގެ ވަޒީފާ އަދާ އަދާކުރާ އަނބިމީހާގެ ޖަވާބަކަށްވީ ސުވާލެކެވެ. މޮޔަވީ ކޮން އިރަކުތޯއެވެ؟ ފިރިމިހާގެ ޖަވާބަކީ އެއާޕޯޓް ގްރޭންޑް ލޮޓަރީ ޓިކެޓް ވެބްސައިޓޫ ބަލައިލުމަށެވެ.

ނަޞީބު ލިބޭތޯ އޭނާ މިހައިތަނަށް ވަނީ 2 ޓިކެޓް ގަނެފައެވެ. ޗުއްޓީގައި އިންޑިއާއަށް ފުރާއިރުއެވެ. ކޮންމެ ދުވަހަކުހެން އޭނާގެ ނަމްބަރަކަށް ނަޞީބު ލިބޭތޯ ބަލައެވެ. އެދުވަހަކީ ނަޞީބުވެރިއަކަށްވީ ދުވަހެވެ. މިއީ މިލޮޓަރީގައި މިހައިތަނަށް މީހަކަށް ދެވުނު އެންމެ ބޮޑު އިނާމެވެ.

ދެމަފިރިން ބުނީ ފައިސާއިން ކުރާނެ ކަމެއް ކަނޑައަޅާނީ ފަހުން ކަމަށެވެ. އަދި ހަމަ ދިރިއުޅޭނީ އެ ފައިސާގައި ނުޖެހި މިހާރުވެސް ދިރިއުޅެމުން އަންނަ ގޮތަށް ކަމަށެވެ.
މިއަދު އޮންލައިން