ޑޮކްޓަރަކަށް ހެދިގެން އަފްޣާނިސްތާނުގެ އެންމެ ބޮޑު މިލިޓަރީ ހޮސްޕިޓަލަށް ވަދެ 30 މީހުން މަރައި ސަރަހައްދު ދުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޑޮކްޓަރަކަށް ހެދިގެން އަފްޣާނިސްތާނުގެ އެންމެ ބޮޑު މިލިޓަރީ ހޮސްޕިޓަލަށް ވަދެ 30 މީހުން މަރައި ސަރަހައްދު ދުމަށް!
ޑޮކްޓަރކަށް ހެދިގެން ޑޮކްޓަރުންގެ ހެދުމުގައި ތިބި ބައަކު އަފްޣާނިސްތާނުގެ އެންމެ ބޮޑު މިލިޓަރީ ހޮސްޕިޓަލަށް ވަދެ 30 މީހުން މަރައި 50 އަށްވުރެ ގިނަ މީހުން މަރައި މުޅި ސަރަހައްދު ދުމަށް ހަދާލައިފިއެވެ.

ހަގަޑިއިރަށް ދެމިގެންދިއަ ހަމަލާ ބަދަލުކުރުންތަކުގެ ޒިންމާ އައިއެސް އިން ވަނީ އުފުލައިފައެވެ. ހޮސްޕިޓަލަށް ވަން "ޑޮކްޓަރު" ބަޑިން ހަމަލާ ދިނުމުގެ އިތުރުން ގިނަ ޢަދަދެއްގެ އަތުބޮމާއި ގޮވާ ތަކެތިވެސް ވަނީ ބޭނުންކޮށްފައެވެ.

"ސަރުދާރު ދާވޫދު ޚާން ހޮސްޕިޓަލް"ގެ ނަމުން ނަންދީފައިވާ މި ހޮސްޕިޓަލުގައި ހަމަލާތައް ބަދަލުކުރަމުންދިއައިރު ކާބުލްގެ ޑިޕޮލޮމެޓުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް ދުމުގެ އަސަރު ވަނީކޮށްފައެވެ.

"ހަނގުރާމަވަެރިންގެ އަތުގަ ބައިވަރު ހަތިޔާރު އެބަހުރި. އެމީހުން ގެންދަނީ ބަލިމީހުންނަށްވެސް ހަމަލާދެމުން. އަހަރެމެންނަށް ނުކުމެވޭނެ ގޮތެއް ނެތް. އަހަރެމެންނަށްޓަކައި ހެޔޮ ދުޢާކޮށްދީ." ހޮސްޕިޓަލުގެ ނަރުހަކު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

ހަނގުރާމަވެރިން މަރަންޖެހުނީ ސްޕެޝަލް ފޯސްގެ ސިފައިން އިމާރާތުގެ ފުރާޅުން ފައިބައިގެންނެވެ. މިހަމަލާގައި މަރުވެ އަދި ޒަޚަމްވެފައިވަނީ ބަލި މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނެވެ.
މިއަދު އޮންލައިން