ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ 2 ރެސްޓޯރަންޓަކުން 12،000 ޔޫރޯއަށްވުރެ ގިނަ ކާތަކެތި ކެއުމަށްފަހު "ޣައިބުވި" ބައެއްގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހުން ވެޑިންގ އެނިވަރސަރީއެއް ފާހަގަކުރާކަމަށްބުނެ ކައިކައިރީގައި ހުރި 2 ރެސްޓޯރަންޓަކުން ކެއީ ކަަމަށެވެ. އަދި ފަހަަރަކު ގްރޫޕެއް ފިލަމުން ގޮސް އެންމެން ފިލީ ކަމަށެވެ."އެމީހުން ހަަމަ ފިލީއެއް ނޫން. ނަށަން ތިބެފައި ހަމަ ކުއްލިއަކަށް ޣައިބުވީ"
މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ރޫމޭނިއާގެ މީހެކެވެ. މި ކަންތައް ރޭވުމުގައި އިސްކޮށް ހުރިކަމަށް ބެލެވެނީވެސް ރޫމޭނިއާގެ މީހެކެވެ.
ރެސްޓޯރަންޓުން ބުނީ. އެއީ 100 ވަރަކަށް މީހުންގެ ގްރޫޕެއް ކަމަށެވެ. މެޑްރިޑް ފަދަ ސިޓީއެއްގައި މިފަދަ ގޮތަކަށް ފިލޭނީ ވަަރަށް ހުޝިޔާރު ބައަކަށެވެ.