ނަހުލާގެ "ބޮސް" ޑައިރެކްޓް ކުރަން ރިޝްމީ އަށް ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 1މ 8ސ
ނަހުލާގެ "ބޮސް" ޑައިރެކްޓް ކުރަން ރިޝްމީ އަށް ހުށަހަޅައިފި
މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ފިލްމު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފާތުމަތު ނަހުލާ، ދެން އެންމެ އަވަހަށް އުފައްދާ ފިލްމެއް ކަމަށްވާ "ބޮސް" ޑައިރެކްޓްކޮށް ދިނުމަށް، މިހާރު ފިލްމު އިންޑަސްޓްރީގައި އެންމެ ފުންނާބު އުސް އެއް ތަރި އަދި ޕްރޮޑިއުސަރ ކަމަށްވާ އައިޝަތު ރިޝްމީ އަށް ހުށަހަޅައިފިއެވެ.

ޔާރާ ޕްރޮޑަކްޝަންސް ގެ އެންމެ ފަހުގެ އުފެއްދުމެއް ކަމަށްވާ "ވިޝްކާ" މިރޭ ރަސްމީކޮށް ޕްރިމިއާރ ކޮށްދެްވަމުން ނަހުލާ ބުނީ، ރިޝްމީއަކީ ފިލްމު އިންޑަސްޓްރީގައި މިހާރު ބުރަ މަސައްކަތްތަކެއް ކުރަމުންދާ އަދި ކުރާ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާ ކުޅަދާނަ އަންހެން ކަނބަލެއްކަމުން، ރިޝްމީ އާއި އެކު އަނެއްކާވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، އެހެންކަމުން އޭނާ މިހާރު އުފައްދަން ގަސްދުކޮށްފައިވާ ފިލްމު "ބޮސް" ގެ ޑައިރެކްޓަރ އަކަށް ރިޝްމީ ވާން އެދޭ ކަމަށެވެ.

"ބޮސް" އާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ނަހުލާ އަދި ނުދިން ކަމުގައި ވިޔަސް، ނަހުލާ ބުނެފައިވަނީ މިއޮފާރ ގެ ޖަވާބެއް މިރޭއިން މިރެއަށް ރިޝްމީގެ ފަރާތުން ބޭނުން ނުވާ ކަމަށާއި ވިސްނާލާފައި ޖަވާބެއް ދިނުމަށެވެ.
މިއަދު އޮންލައިން