ބ. އޭދަފުށީގައި މިހާރު ކުރިޔަށްދާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި އެންމެފަހުގެ ޗެމްޕިއަން ސޮނެވާ ފުށީގެ މައްޗަށް ފެއިމްސް ޔުނައިޓެޑުން ކުރި ހޯދި އިރު، ރޯޔަލް އާއި ކިހާދު މޯލްޑިވްސް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ފެއިމްސް ޔުނައިޓެޑުން ސޮނެވާގެ މައްޗަށް ކުރި ހޯދީ 3-5 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެއިމްސްޔުނައިޓެޑްގެ ގޯލްތައް ޖަހައިދިނީ އަހުމަދު ލަތީފް، އަޒްމީން ޢަބްދުއްސައްތާރު،ޢަބްދުﷲ ޒަޢީމް، ޢަބްދުއް ސަލާމް ހާމިދު އަދި މުހައްމަދުރަޝީދެވެ. ސޮނެވާ ޓީމުގެ ލަނޑުތައް ޖަހއިދިނީ މުހައްމަދު ލިޔާހް އާއި މަރުރޫފް މުހައްމަދެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ފެއިމްސް ޔުނައިޓެޑް ގެ ޖާރޒީ ނަންބަރ 11 އަޒްމީން ޢަބްދުއްސައްތާރެވެ.
ރޯޔަލް އާއި ކިހާދްމޯލްޑިވްސް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު، މި މެޗުގައި ރޯޔަލް ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އުބައިދުﷲ ޢަބްދުﷲ އާއި މުހައްމަދު ފަޔާޒްއެވެ. ކިހާދް މޯލްޑިވްސްގެ ގޯލްތައްކާމިޔާބުކުރީ ޢަލީ ޒުބައިރް އާއި ހުސައިން ސާމިރެވެ.މި މެޗް ގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކިހާދް މޯލްޑިވްސްގެ ޖާރޒީ ނަންބަރ 11 ޢަލީ ޒުބައިރެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި 16:05 ގައި ބައްދަލުކުރާނީ ރީތި ބީޗް ރިސޯޓާއިކިންގސް ޔުނައިޓެޑްއެވެ. ދެވަނަ މެޗުގައި 17:05 ގައި ބައްދަލުކުރާނީއެކުވެރި ގައިޒް އާއި ކިހަވަށް ސްޓްރައިކަރޒްއެވެ.