އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިހާން ކަމަށް އެ ޓީމުގެ ކޯޗު ސޮބާޙް މުޙައްމަދު ބުނެފިއެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ޕްރެސް ބްރީފިންގ ގައި ސޮބާ ބުނީ ކޮންމެ މެޗަކަށްވެސް ނުކުންނާނީ އެންމެ ކުޑަމިނުން ޕޮއިންޓެއް ހޯދުމަށް ކަމަށާއި އެހެންނަމަވެސް އަމާޒަކީ މޮޅުވުން ކަމަށެވެ. އަދި މާޒިއާ އަކީ ލީގުގައި ވާދަކުރާ އެންމެ އޮގަނައިޒްޑް ޓީމު ކަމަށާއި މެޗު ފަސޭހަކޮށްނުލާނެ ކަމަށެވެ.
މެޗާއިބެހޭގޮތުން މާޒިއާގެ ކޯޗު ސެކޮލޮސްކީ ބުނީ ގްރީންސްޓްރީޓަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި އެޓީމަކީ ކޯޗުގެ ބަސްއަހައިގެން ނަތީޖާ ނެރެން މަސައްކަތް ކުރާ ކުޅުންތެރިންތަކެއް ތިބި ޓީމެއްކަމަށެވެ.
ކުޅުނު ދެ މެޗުގެ ތެރެއިން އެއްމެޗު ކާމިޔާބުކޮށް، އަނެއް މެޗު އެއްވަރުކޮށްގެން 4 ޕޮއިންޓާއެކު ލީގު ތާވަލްގެ އެއްވަނާގައި މިވަގުތު އޮތޯ ގްރީން ސްޓްރީޓެވެ.
އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓާއި މާޒިއާ ބައްދަލުކުރާ މެޗު އޮންނާނީ ރަސްމި ފުޓްބޯޅަ ދަނޑުގައި މިރޭ 21:00 ގައެވެ.