ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާ، މިޞުރުގެ އަލަކްސަންޑަރ ސިޓީއަށް ނިޞްބަތްވާ 500 ކިލޯގެ ބަރުދަންހުރި އީމާންގެ ފުރަތަމަ އޮޕަރޭޝަނުގައިވެސް 100 ކިލޯ ލުއިކޮށްލައިފިއެވެ.
އޮޕަރޭޝަން ޓީމުގައި އިސްކޮށްހުރި ޑރ. މުފައްޒަލްގެ ތަރުޖަމާނު ބުނެފައިވަނީ އޮޕްރޭޝަން ކުރުމުގައި ކަންބޮޑުވާންޖެހޭ ވަރުގެ އެއްވެސް ކަމެއް ކުރިމަތިނުވާ ކަމަށެވެ.
މުމްބާއީގެ ސައިފީ ހޮސްޕިޓަލްގެ ޑޮކްޓަރުން މިމަހުގެ 7 ވަނަ ދުވަހު އީމާންގެ އޮޕަރޭޝަންކުރީ ލެޕްރޮސްކޮޕީ ބޭނުންކޮށްގެންނެވެ. ޑޮކްޓަރުން ބުނީ އޮޕަރޭޝަން ކާމިޔާބު ކަމަށާއި އޭނާ މިހާރު ހޭ އަރައި ދިޔާތަކެތި ބޭނުންކުރަންފަށާފައިވާ ކަމަށެވެ.
ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ ޓީމުން މަސައްކަތްކުރަމުން ގެންދަނީ ދެން ކުރާ އޮޕަރޭޝަނެއްގައި އޭނާގެ މިހާރު ހުރި ހުރިހާ މައްސަލަތަކެއް ޙައްލުކޮށް އެނބުރި ޤައުމަށް ދެވޭވަރު ކުރުމަށް ކަމަށެވެ.