އިރާޤްގަ ޖާނުން ފިދާވެގެން ދިން 2 ހަމަލާއެއްގަ 51 މީހުން މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އިރާޤްގަ ޖާނުން ފިދާވެގެން ދިން 2 ހަމަލާއެއްގަ 51 މީހުން މަރުވެއްޖެ
އިރާޤްގައި ޖާނުން ފިދާވެގެން ދިން 2 ހަމަލާއެއްގައި 51 މީހުން މަރުވެއްޖެއެވެ. ފުރަތަމަ ހަމަލާދީފައިވަނީ ކައިވެނި ހަފްލާއަކަށް ތައްޔާރުވުމުގެ ގޮތުން އުފާ ފައުޅުކުރަމުން ދަނިކޮށެވެ. ގިނަ ބައަކު ނަށަން ތިއްބާ ދިން މިހަމަލާގައި 36 މީހުން ވަނީ މަރުވެފައެވެ.

ދެވަނަ ހަމަލާ ދީފައިވަނީ ތިކްރީތުގެ އުތުރު ސަރަހައްދެއްގައެވެ. އެ ހާދިސާގައި 25 މީހުން ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ ބަޣްދާދާއި އެހެންވެސް މައި ސަރަހައްދުތަކުގައި އައިއެސްގެ މީހުން ހާލިހަދައިގެން އެބަތިބި ކަމަށާއި މިފަދަ ހަމަލާތައް ދެމުން ގެންދަނީ އައިއެސް އިން ކަމަށެވެ.

އައިއެސް އިން މިއިން އެއްވެސް ހަމަލާއެއްގެ ޒިންމާ އަދި އުފުލާފައެއް ނުވެއެވެ.
މިއަދު އޮންލައިން