ނިއުރޭޑިއަންޓުން ފަސޭހަކަމާއެކު ޔޫވީގެ މައްޗަށް ކުރި ހޯދައިފި

ކިޔުމަށް ހޭދަވާނީ 36ސ
ނިއުރޭޑިއަންޓުން ފަސޭހަކަމާއެކު ޔޫވީގެ މައްޗަށް ކުރި ހޯދައިފި
އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ނިއުރޭޑިއަންޓުން ފަސޭހަކަމާއެކު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ މައްޗަށް ކުރި ހޯދައިފިއެވެ.

އެޓީމުން މިއަދުގެ މެޗު ކާމިޔާބު ކުރީ 0-3 ލަނޑުންނެވެ. މި ތިން ލަނޑުވެސް ޖަހާފައިވަނީ ފަހު ހާފުގައެވެ.

އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ނިއުއަށް ލީޑު ނަގާދިނީ ގަލާޑޯއެވެ. ނިއުއިން މެޗުގެ ލީޑު ފުޅާކުރީ 69 ވަނަ މިނެޓުގައެވެ. އަދި 89 ވަނަ މިނެޓުގައި ސެންޓޭގެ ގޯލާއެކު ނިއުއިންވަނީ ލީޑު އިތުރަށްފުޅާކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ނިއުގެ މިޑްފީލްޑަރ އޮގާވާއަށް ދެއްކި ރަތްކާޑާއެކު ނިއުއިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.

އެސްޓީއޯ މާލޭ ލީގުގައި މިރޭ 21:00 ގައި ކުޅޭނީ މާޒިޔާ އާއި ގުރީން ސުޓްރީޓެވެ.
މިއަދު އޮންލައިން