ޔުނިޓީ ކަޕުގެ ކްއާޓަރ ފައިނަލަށް ޓީމުތައް ހޮވިއްޖެ

ކިޔުމަށް ހޭދަވާނީ 44ސ
ޔުނިޓީ ކަޕުގެ ކްއާޓަރ ފައިނަލަށް ޓީމުތައް ހޮވިއްޖެ
ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ޔުނިޓީ ކަޕް ފުޓްސަލް ކަޕުހެ ކްއާޓަރ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.

ކްއަަޓަރ އަށް ދަތުރުކުރީ ފައިބެއަހަރުގެ ޗެމްޕިއަން ސޮނެވާ، ޔުނައިޓެޑް ވީ، ފެެއިމްސް ޔުނައިޓެޑް، ކިހަވަށް ސްޓްރައިކަރސް، އިރުމަތި ލަވަރސް، އެކުވެރި ގައިޒް، ކިހާދު މޯލްޑިވްސް އަދި ކިންގސް ޔުނައިޓެޑެވެ.

މި މުބާރާތުގެ ކްއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި މާދަމާ ބައްދަލު ކުރާނީ އޭދަފުށި އިރުމަތި ލަވަރސް އާއި ކުޑަރިކިލު އެކުވެރި ގައިޒް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އޭދަފުށި ފެއިމްސް ޔުނައިޓެޑާއި ދަރަވަންދޫ ކިންގސް ޔުނައިޓެޑެވެ.

ހޮނިހިރު ދުވަހު ކުޅޭ ކްއާޓަރ ފައިނަލު މެޗުތަކުގައި ބައްދަލު ކުރާނީ ކިހަވަށް ސްޓްރައިކަރޒް އާއި ޔުނައިޓެޑް ވީ އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ސޮނެވާ ފުއްޓާއި ކިހާދު މޯލްޑިވްސް އެވެ.
މިއަދު އޮންލައިން