އިންޑިއާ މަނަވަރެއްގަ މާރާމާރީ ހިންގުމުން 4 ފަޅުވެރިން ހެލިކޮޕްޓަރުގައި ބާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އިންޑިއާ މަނަވަރެއްގަ މާރާމާރީ ހިންގުމުން 4 ފަޅުވެރިން ހެލިކޮޕްޓަރުގައި ބާލައިފި
އިންޑިއާ މަނަވަރެއްގައި އޮފިސަރަކަށް ނުކިޔަމަންތެރިވެ އޮފިސަރަށް ހަމަލާދީ މާރާމާރީ ހިންގުމުން އެކަމުގައި ބައިވެރިވި 4 ފަޅުވެރިން ހެލިކޮޕްޓަރުގައި މަނަވަރުން ބާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިހާދިސާ ހިނގީ އޮޑެއްސާ ބޭރުގައި ޕެޓްރޯލްކުރަން އުޅުނު އައިއެންއެސް ސަންދަޔަކުގައެވެ.

މިހާދިސާ ހިނގަން މެދުވެރިވީ މަނަވަރުގައި ހުރި ކުޑަ އުޅަނދެއް ބާލަން އޮފިސަރު އަމުރުކުރުމުންނެވެ. 4 އޮފިސަރުން އެޓެންޝަނަށް އައުމަށް އޮފިސަރު އަމުރުކުރުމުން އެކަކު ފައުޅުގައި ދެކޮޅުހެދުމުން އޮފިސަރު އޭނާގެ ގައިގާ އަތްލުމުން އޮފިސަރަށް ހަމަލާދިނީއެވެ. ހަމަލާ ދިނުމުން ދެން ތިބި 3 މީހުންވެސް އެކަމުގައި ބައިވެރިވީއެވެ.

މިފަދަ އަމަލެއް ކުރުމުން އަޅަންޖެހޭ އަޚްލާޤީ ފިޔަވަޅު 4 އޮފިސަރުންނާއިމެދު އަޅާނެއެވެ.

އިންޑިއާގެ ނޭވީން ބުނެފައިވަނީ ނޭވީންނަކީ ވަރަށް އަޚްލާޤް ރަނގަޅު، އަމުރުތަކަށް ކިޔަމަންވާ ބައެއް ކަމަށާއި މިބާވަތުގެ ދަށުދަރަޖައިގެ އަމަލުތައް ބަލައިނުގަންނާނެ ކަމަށެވެ.
މިއަދު އޮންލައިން