ހިތަދޫ ސްކޫލާ ބައްދަލުކޮށް ޝަރަފުއްދީން ސްކޫލުންވެސް ބޮޑު މޮޅެއް ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ހިތަދޫ ސްކޫލާ ބައްދަލުކޮށް ޝަރަފުއްދީން ސްކޫލުންވެސް ބޮޑު މޮޅެއް ހޯދައިފި
އައްޑޫ ސިޓީ ހިތަދޫގައި މިހާރު ކުޅެމުންދާ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ހަވީރު ޝަރަފުއްދީން ސްކޫލާއި، ހިތަދޫ ސްކޫލް ބައްދަލުކުރި މެޗު 16-4 ލަނޑުން ޝަރަފުއްދީން މޮޅުވެއްޖެއެވެ.

މިމެޗުގައި ޝަރަފުއްދީނަށް ލަނޑު ޖަހައިދީފައިވަނީ، އެޓީމްގެ ޖާޒީ ނަމްބަރ 10 އަސަދުﷲ އަލީ ސައީދު 5 ލަނޑު، ޖާޒީ ނަމްބަރ 11 އިބްރާހީމް އަމްރާން އުމަރު 4 ލަނޑު، ޖާޒީ ނަމްބަރ 7 އަހުމަދު ހާމީ ނަޖާހު 3 ލަނޑު، ޖާޒީ ނަމްބަރ 12 ހުސައިން ރާއިފް ނިޔާޒު 2 ލަނަޑު، ޖާޒީ ނަމްބަރ 4 އަހުމަދު ހުބާބު 1 ލަނޑު، ޖާޒީ ނަމްބަރ 13 އަބްދުﷲ ޔަމާން ފިރާގު 1 ލަނޑެވެ.

ހިތަދޫ ސްކޫލުގެ 4 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހައިފައިވަނީ ޖާޒީ ނަމްބަރ 17 އަލީ ޝިމާއު ޒުބައިރެވެ. އަނެއް ލަނޑު ޖަހައިދިނީ ޖާޒީ ނަމްބަރ 8 އަހުމަދު ރާއިމް ރަހީނެވެ.

މިއަދު ހަވީރުގެ މެޗުގައި ބައްދަލުކުރާނީ ސ. އަތޮޅު މަދަރުސާއި، ފޭދޫ ސްކޫލެވެ.
މިއަދު އޮންލައިން