ޝައިޚް ކަމާލް އިންޓަރނޭޝަނަލް ކުލަބު ކަޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބުން ހޯދުމާއިގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފާހަގަކޮށްފިއެވެ.
ރޭ ބޭއްވި މި ހަފުލާގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެކިފަންތީގެ މުއައްޒަފުން ވަނީ ބައިވެރިވެފައެވެ.
އެމްއޭސީއެލް އިން ބުނީ މިއީ ހަމައެކަނި ޓީސީ އިން ހޯދި ކާމިޔާބީއެއް ނޫން ކަމަށާއި އެއީ މުޅި ދިވެހި ޤައުމު ހޯދި ކާމިޔާބީއެއް ކަމަށެވެ. އަދި މާލޭ ލީގުގައި ޓީސީގެ ސްޕޮންސަރ ކުންފުންޏަކަށް އެމްއޭސީއެލް ހަމަޖެހިފައިވާތީ އަބަދުވެސް އެޓީމުގެ ފަހަތުގައި ތިބޭނެކަމަށެވެ.
މާލޭ ލީގުގައި ޓީސީ ކުޅޭ މެޗުތަކުގައި އެނކުންފުނީގެ މުއައްޒަފުން ޓީސީއަށް ސަޕޯޓުކުރުމަށް ދަނޑަށް ވަދެ، ސިޑިބަރި ފަޅުފިލުވާލާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.