މައިލޯ އިންޓަރ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ފޭދޫ ސްކޫލުން ސ. އަތޮޅު މަދަރުސާގެ މައްޗަށްވެސް ކުރި ހޯދައިފިއެވެ.
އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ފޭދޫ ޓީމް މޮޅުވީ 6 ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި އެޓީމްގެ ޖާޒީ ނަމްބަރ 7 ހުސައިން ލައިސް އަދުނާނު ވަނީ 4 ލަނޑު ޖަހައި ހެޓްރިކް ހަދައިފައެވެ. އެޓީމުގެ އަނެއް ދެލަނޑުގެ ތެރެއިން އެއްލަނޑު ކާމިޔާބުކޮށްދިނީ ޖާޒީ ނަމްބަރ 10 ހަސަން ޝިޔާހު ހާދީ އެވެ. އަނެއް ލަނޑަކީ އަތޮޅު މަދަރުސާގެ ޖާޒީ ނަމްބަރ 4 މުހައްމަދު ޝާވީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މާދަމާ މެޗުގައި ބައްދަލުކުރާނީ އައްޑޫ ހައިސްކޫލާއި ޝަރަފުއްދީން ސްކޫލެވެ.