އެސްއޯސީ ހެޑު ކަޕްގެ ފައިނަލް މެޗުގެ ކުރިން މިއަދު ހަވީރު މަރަދޫ ދަނޑުގައި ކުޅުނު ޗެރިޓީ ފުޓުސަލް މެޗު ފޭދޫ ހަބޭސް ޓީމް ކާމިޔާބުކޮށްފިއެވެ.
މި މެޗުގައި ހަބޭސް އަންހެން ޓީމް ބައްދަލުކުރީ މަރަދޫ ވިމެންސް އެފްސީއާ އެވެ. މިމެޗު ހަބޭސް ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ. އެހާ ފޯރިއެއްނެތް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަބޭސްޓީމްގެ ޖާޒީ ނަމްބަރ 2 އައްޒާ އަލީއެވެ.
މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލު ކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފެވެ. އެ ޓީމް މެޗު ކާމިޔާބުކުރުމުން އެޓީމަށް ދިން ޓްރޮފީ ހަވާލު ކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމެވެ.
އައްޑުއަކީ އަންހެނުންގެ ފުޓުސަލް އެންމެ ބޮޑަށް ކުރިއަރައި އާލާވަމުން އަންނަ އަތޮޅެވެ.