މިހާރު ކުރިއަށްދަ އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުލަބު ވެލެންސިއާ ދެކޮޅަށް ރޭ ކުޅުނު މެޗު ޓީސީ އިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޓީސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ 38 ވަނަ މިނެޓުގައި ޝަމްވީލި ޤާސިމް (ބޮންޑާ) ވަނީ ލަނޑެއް ޖަހާ ޓީސީއަށް ލީޑު ނަގައިދީފައެވެ.
ފުރަތަމަ ހާފުގައި 0-1 ގެ ލީޑުގައި ޓީސީ ކުރި ހޯދައިގެން ނިންމާލިޔަސް، ދެވަނަ ހާފު ފެށިގެން ވެލެންސިއާ އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަމަވެސް ލަނޑުބޯޑުން ސުމެއް ކަނޑުވާނުލެވިގެން އުޅެނިކޮށް ޓީސީ އިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ މޮޅު ކުޅުނެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިޔާ ނާއިޒު ޙަސަން (ދާދު) އެވެ.
ރޭގެ މެޗުގައި ޓީސީއަށް 3 ޕޮއިންޓު ޔަޤީންކޮށްދިން ލަނޑު ޖަހައިދިނީ 67 ވަނަ މިނެޓުގައި އަލީ ނާފިއުއެވެ.