އުއްތަރް ޕްރަދޭޝްގެ އިންތިޚާބު ވެދުންކޮށް ފަޤީރުންގެ ލީޑަރު މޯދީއަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދައްކާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އުއްތަރް ޕްރަދޭޝްގެ އިންތިޚާބު ވެދުންކޮށް ފަޤީރުންގެ ލީޑަރު  މޯދީއަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދައްކާލައިފި
އުއްތަރް ޕްރަދޭޝްގައި ކުރިއަށްދާ އިންތިޚާބުގެ ނަތީޖާ އިންޑިއާގެ ފަޤީރުންގެ ލީޑަރު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވެދުންކޮށް އެމަނިކުފާނަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދައްކާލައިފިއެވެ.

މިހައި ތަނަށް ސާފުކުރެވުނު ނަތީޖާތަކަށް ބަލާއިރުވެސް އިންތިޚާބުގައި ހިމެނޭ 403 ގޮނޑީގެ ތެރެއިން 312 ގޮނޑި ވަނީ މޯދީއަށް ކާމިޔާބުކުރެއްވިފައެވެ. ބީޖޭޕީއަށާއި ބީޖޭޕީ ކޯލިޝަނަށެވެ. ކޮންގްރެސްއަށާއި ކޮންގްރެސް ކޯލިޝަނަށް ލިބިފައިވަނީ އެންމެ 69 ގޮނޑިއެވެ. އެހެންކަމުން ބީޖޭޕީ ބަލިކުރެވޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ.

އުއްތަރް ޕްރަދޭޝްގެ އާބާދީއަށް ބަލާއިރު އުއްތަރް ޕްރަދޭޝް އަކީ ޤައުމެއް ކަމަށް ބަލައިފިނަމަ އެ ސްޓޭޓް ވެގެންދާނީ އާބާދީގެ ގޮތުން ދުނިޔޭގެ އެންމެ މީހުން ގިނަ 7 ވަނަ ޤައުމަށެވެ.

މިފަދަ ބޮޑު އާބާދީއަކުން މިހައި ބޮޑު ކާމިޔާބީއެއް ލިބުމުން ރުޕީސް ނުދީ ހިފަހައްޓާކަމުގެ ވާހަކަ ދެއްކޭކަށް ނެތެވެ. އެދަތިތައް އެއީ ދަތިތަކެއް ކަމުގައި އިންޑިއާގެ ރައްޔިތުން ބަލައިނުގަންނަކަން މިވަނީ ހާމަވެފައެވެ.

މަޖިލީހުގައި ކުރިއަށް ގެންދާ ބަޖެޓު ބަހުސްގައި "ފަޤީރުންނަށް އިތުރު ކުރިތަކެއް ނުލިބޭ ގޮތަށް ބަޖެޓް ފާސްކުރާނަމަ އެކަން ކުރުމުގެ ބޭނުމެއް ނެތް ކަމަށް މޯދީ ވިދާޅުވެ ކުރެއްވި ވަކާލާތުގެ ނަތީޖާ ފަޤީރުން އެގެންދަނީ ދައްކަމުންނެވެ. ފަޤީރުންގެ މިހައި ބޮޑު ތާއީދެއް މޯދީއަށް ލިބިވަޑައިގަންވަނީ ފަޤީރުންނަށް އެހީތެރިވުމުގެ ވާހަކަފުޅު ދެއްކެވުމުގެ އިތުރުން އަމަލުން ވެސް އެކަން ދައްކަވަމުން ގެންދަވާތީއެވެ.

މިއަދު އޮންލައިން