ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް ފެތުމުގެ މުބާރާތް ބާއްވާ ތާރީޚަށް ބަދަލު ގެނެސްފި

ކިޔުމަށް ހޭދަވާނީ 41ސ
ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް ފެތުމުގެ މުބާރާތް ބާއްވާ ތާރީޚަށް ބަދަލު ގެނެސްފި
ސްވިމިންގ އެސޯސިއޭޝަން ޕްރެޒިޑެންޓް ކަޕް ފެތުމުގެ މުބާރާތް ބާއްވާ ތާރީޚަށް ބަދަލު ގެނެސްފިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މި މުބާރާތް ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ މި މަހުގެ 28 ން އޭޕްރީލް 1 ވަނަ ދުވަހަށް ކަމަށެވެ.

މި މުބާރާތް ބޭއްވުމަށް ކުރިން ތާވަލުކޮށްފައިވަނީ މި މަހުގެ 21 ން 25އަށް ނަމަވެސް މުބާރާތް ލަސްކުރި ސަބަބެއް އެ އެސޯސިއޭޝަނުން ހާމައެއް ނުކުރެއެވެ.

މާލޭ ސްވިމިންގ ޓްރެކްގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި ޤަވާޢިދު އެ އެސޯސިއޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯރމް 16 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން އެ އެސޯސިއޭޝަނަށްހުށަހެޅުމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން އެދެއެވެ.
މިއަދު އޮންލައިން