ބަހާމާސް އަށް ގޮސް އުޅުނު އިނގިރޭސި ފަތުރުވެރިއަކު ބުނީ މޫދުން ފެނުނު ބޮޑު މިޔަރެއް އުޅުނީ އޭނާގެ އެއް އަތާއި އެއްފައި ކާލަން ކަމަށެވެ. އަދި އެކަމުން އޭނާއަށް ސަލާމަތްވެވުނު ގޮތް އޭނާއަށް ނުވެސް އެނގުނު ކަމަށެވެ.
ޢުމުރުން 58 އަހަރުގެ އެންގްލަރ ޖޯޖް ބުނީ އާދައިގެމަތިން މޫދަށް އެރިއުޅެނިކޮށް ފެނުނީ ކުއްލިއަކަށް ބޮޑު މިޔަރެއް އޭނާ އާއި ދިމާއަށް އަންނަތަން ކަމަށާއި ސަލާމަތްވުމަށް އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުވެސް ލިބޭ ކަމަށެވެ.
"ހަަމައެކަނި އެނގޭ ކަމަކީ ގައާއި ދިމާއަށް އައިކަން، ދަތްއެޅިކަންވެސް އެނގުނު، ދެން ވީގޮތެއް ނޭނގުނު. ސަރަހައްދު އޮތީ ލެއިން ފޯވެފައި. މިޔަރެއް ނުފެނުނު ފަހުން ބެލިއިރު."
މިޔަރަކީ ޢާންމުކޮށް ލޭގެ އަސަރު ފެނުމުން ލެޔާއި ދިމާއަށް އަންނަ އެއްޗެކެވެ. ނަމަވެސް މިފަހަރު މި މިޔަރު އޭނާގެ ގައިގާ ދަތް އެޅުމަށްފަހު އެނބުރި ދިއައީ އެވެ،
އޭނާ މޫދުން އަރައި އެސަރަހައްދުގައި ހުރި ހޮސްޕިޓަލަށް ދިއައިރު ހޮސްޕިޓަލަކީ އެފަދަ ކަމަކަށް ފަރުވާ ދެވެންހުރި ހޮސްޕިޓަލެއް ނޫނެވެ. އެހެންކަމުން އޭނާއަށް ޖެހުނީ ފްލައިޓެއެް ނަގައިގެން ވީހައި އަބަހަކަށް ބަހާމާސްގެ ކެޕިޓަލް ސިޓީއަށް ދިއުމަށެވެ.
އޭނާ ބުނާ ގޮތުން އޭނާ އަކީ މިޔަރު ވަަރަށް ދޯޅު މީހެކެވެ. މީގެ ކުރިންވެސް ވަނީ މިފަދަ ހާދިޘާތައް ކުރިމަތިވެފައެވެ.