ރައީސް ޔާމީން 2018 ވޮލީބޯލް ޗެލެންޖު ނައިފަރުގައި ފަށައިފި

ކިޔުމަށް ހޭދަވާނީ 49ސ
ރައީސް ޔާމީން 2018 ވޮލީބޯލް ޗެލެންޖު ނައިފަރުގައި ފަށައިފި
ރައީސް ޔާމީން 2018 ވޮލީބޯލް ޗެލެންޖުގެ ނަމުގައި ވޮލީބޯޅަ މުބާރާތެއް ޅ. ނައިފަރުގައި މިއަދު ފަށައިފިއެވެ.

މި މުބާރާތް އިފްތިތާޙު ކޮއްދެއްވީ ޕީޕީއެމްގެ ނައިބު ރަޢީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރ ޢަބްދުއްރަހީމް ޢަބްދުﷲ އެވެ.

މިއީ ޒުވާނުން ބާރުވެރި ކުރުވުމާއި 2018 ވަނަ އަހަރު ރައީސް ޔާމީނަށް އޮތް ތާއީދު ބޮޑުކުރުމަށް ބާއްވާ މުބާރާތެކެވެ. އަދި ލޯކަލް ކައުންސިލި އިންތިޚާބަށް ކެމްޕެއިން ކުރުމާއި ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުންވެސް މި މުބާރާތާއެކު ކުރިއަށްދާނެއެވެ.

އަންނަ ހަފުތާގެ ހޮނިހިރު ދުވަހާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގައި އަންހެން 4 ޓީމާއި ފިރިހެން 4 ޓީމު ވަނީ ބައިވެރިވެފައެވެ.

ޅ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކުން ބައިވެރިވެފައިވާ މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ކުޅުންތެރިންނާއި ރާއްޖެއިން ބޭރުގެ ކުޅުންތެރިންވެސް ކުޅޭނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރ-އަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މިއަދު އޮންލައިން