އިމާމް ވިދާޅުވީ އިމާމްގެ މައިދައިތަ އަކީ ސީރިޔާ އަންހެނެއް ކަމަށާއި އިމާމްގެ ދަރިންގެ މާމައަށް މާމަދަރިންނާއި ބައްދަލުކުރަން ނާދެވުމަކީ އޭނާ ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ޤައުމެއްގެ ވެރިކަން ރައްޔިތުން ހަވާލުކުރަނީ ޚުދުމުޚުތާރުކަމާއިއެކު ރައްޔިތުންނަށް އަނިޔާވެރި އަމަލުތައް ކުރަން ނޫން ކަމަށެވެ.
އިމާމް ވިދާޅުވީ ހަވާއީއަކީ އެމެރިކާގެ ތަނަކަށް ހަދައިގެން ތިބެ ހަވާއީގައިތިބި މަދު މުސްލިމުން ކޮޅަށް އަނިޔާދިނުމުގެ އެއްވެސް ހައްޤެއް އެމެރިކާގެ އެއްވެސް ވެރިއަކަށް ނުއޮންނާނެ ކަމަށެވެ. އެހެންކަމުން އިމާމް ފަދައިން ހަވާއީގައި ތިބި ޓްރަމްޕުގެ ސަބަބުން އަނިޔާ ލިބެމުން އަންނަ މުސްލިމުންގެ ހައްޤުގައި ކޯޓަށް ވަޑައިގަތީ ކަމަށެވެ.
ހަވާއީގައި ތިބި މުސްލިމުންގެ އަދަދު ކިތަންމެ މަދު ނަމަވެސް މުސްލިމުން ކޮޅަށް ގެންދަނީ މިހާރުވެސް ބޮޑެތި ދުއްތުރާތައް ކުރިމަތިކުރަމުންނެވެ. އެގޮތުން މުސްލިމް ކުދިން ކިޔަވަންދާން ބޭނުންކުރާ މަސްތަކަށް ގެއްލުން ދިނުމާއި މިސްކިތަށް ގުޅާފައި ބިރު ދެއްކުން ފަދަ ކަންކަން ގެންދަނީ ކުރަމުންނެވެ.
ހަވާއީގެ އިމާމް އިސްމާޢީލް އިޝިޚް ވިދާޅުވީ ހަވާއީގައި މުސްލިމުންގެ އަދަދު ކިތަންމެ މަދު ނަމަވެސް ކޮންމެ އިންސާނަކީވެސް އިންސާނީ ހައްޤުތަކެއް ލިބިގެންވާ މީހެއް ކަމަށެވެ. އަދި ޢާއިލީ ޒިންމާތަކެއް ވެސް އޮންނާނެ މީހެއް ކަމަށެވެ.