ބ.އޭދަފުށީގައި މިހާރު ކުރިޔަށްދާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ސެމީގެ ފަހު ދެ ޖާގައަށް އެންމެ ފަހުގެ ޗެމްޕިއަން ސޮނެވާ ފުއްޓާއި ޔުނައިޓެޑް ވީ ދަތުރުކޮށްފިއެވެ.
އިއްޔެ ކުޅުނު ކްއާޓަރ ފައިނަލުގެ ދެ މެޗުގެ ތެރެއިން ކުއާޓަރ ފައިނަލުގެ 3 ވަނަ މެޗުގައި ޔުނައިޓެޑް ވީ އާއި އަނަންތަރަ ކިހަވަށް ސްޓްރައިކަރޒް ބައްދަލުކޮށް، ޔިނައިޓެޑް ވީ އިން މި މެޗު ކާމިޔާބުކުރީ 3-6 ގެނަތީޖާއަކުންނެވެ.
މި މެޗުގައި ޔުނައިޓެޑްވީގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ފާސިރު (ފާއްޓެ)، މުއާޒް އަލީ،ސާމީ އިބްރާހިމް އާއި އަޔާޒް އަހުމަދެވެ. މީގެ ތެރެއިން އަޔާޒް އާއި ފާސިރުވަނީ 2 ލަނޑު ޖަހާފައެވެ. އަނަންތަރަ ކިހަވަށް ސްޓްރައިކަރޒްގެ ލަނޑުތައްކާމިޔާބުކުރީ އިސްމާއިލް ޝާކިރް އަދި އަލީ މާއިޝްއެވެ. މާއިޝް ވަނީ މިމެޗްގައި 2 ލަނޑު ކާމިޔާބުކޮށްފައެވެ.މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޔުނައިޓެޑް ވީ ގެ ޖާރޒީ ނަންބަރ 10 އަޔާޒް މުހައްމަދެވެ.
ކުއާޓަރ ފައިނަލުގެ ފަހު މެޗްގައި ސޮނެވާފުއްޓާއި ކިހާދް މޯލްޑިވްސް ބައްދަލުކޮށް 4-7 ލަނޑުން ކާމިޔާބުކުރީ ސޮނެވާފުށިންނެވެ. ސޮނެވާފުށީގެ 7 ލަނޑުގެތެރެއިން 3 ލަނޑު އަލީ ޝިފާއު ކާމިޔާބުކޮށްދިން އިރު، މުހައްމަދު ލިޔާހްވަނީ 2 ލަނޑު ސޮނެވާފުއްޓަށް ކާމިޔާބުކޮށްދީފައެވެ. އަދި އަނެއް 2 ލަނޑުއެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝިޔާމް އަދި މުހައްމަދު ނާޖިހްއެވެ.ކިހާދް މޯލްޑިވްސް އިން ލަނޑުތައްކާމިޔާބުކޮށްދިނީ އަލީ ޒުބައިރް ،މުހައްމަދު އިނާޒް އަދި އިމްތިޔާޒް އާދަމްއެވެ. މި މެޗުގައި އިނާޒް ވަނީ 2ލަނޑު ކާމިޔާބުކޮށްފައެވެ.މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސޮނެވާފުށި ޓީމުގެ އަލީ ޝިފާއުއެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:05 ގައި ބައްދަލު ކުރާނީ އިރުމަތި ލަވަރސް އާއި ޔުނައިޓެޑްވީ އެވެ. ދެވަނަ މެޗުގައި 17:05 ގައި ބައްދަލުކުރާނީ ފެއިމްސްޔުނައިޓެޑާއި ސޮނެވާފުއްޓެވެ.
މި މުބާރާތުގެ ފައިނަލް މެޗްއޮންނާނީ މާރޗް 14 ވާ އަންގާރަ ދުވަހު ހަވީރުއެވެ.