ގްރީން ސްޓްރީޓުގެ ކޯޗު ސޮބާޙް މުޙައްމަދު (ސޮބާ)ކޯޗިންގ ދާއިރާގައި އިތުރު ތަމްރީންތަކެއް ހެދުމަށް ބާރސެލޯނާއަށް މިއަދު ފުރައިފިއެވެ.
ގްރީން ސްޓްރީޓުން ބުނީ ސޮބާ ދިޔައީ ބާސެލޯނާގެ ޓޯވޯ އެކަޑަމީގައި ތަމްރީންތަކެއް ފުރިހަމަ ކުރުމަށް ކަމަށާއި އެ ތަމްރީންތަކަށް ދާނެ ޚަރަދު ދެނީ އެ ކުލަބުން ކަމަށެވެ. އަދި މި ފަދަ ތަމްރީނު ޕްރޮގްރާމެއްގެ ސަބަބުން ސޮބާއަށް އިތުރު ތަޖްރިބާ ލިބިއޭނާގެ ފެންވަރު ރަނަގަޅުވެ އެކަމުގެ އެދެވޭ އަސަރު އެޓީމުގެކުޅުންތެރިންނަށްވެސް ކުރާނެކަމަށެވެ.
ސޮބާފުރިހަމަކުރަނީ އެކެޑަމިކްއެގްޒެމިނޭޝަނަކާއިއެކަޑަމީގެ ޓީޗިންގތަކާއި ޕްރެކްޓިކަލް ސެޝަންތަކާއެކުކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.
ޓޯވޯ އެކަޑަމީއަކީ ޒުވާން ކުޅުންތެރީންނާއިކޯޗުންނާއި ފުޓްބޯޅައިގައި ހަރަކާތްތެރިވާ ފަރާތްތަކުގެއިތުރުން ޓީމުތައްވެސް ތަރަށްޤީކުރުމަށް އެހީތެރިވެދޭ، ބައިނަލްއަޤުވާމީފެންވަރުގައި ހަރަކާތްތެރިވާ އެކަޑަމީއެކެވެ. އެ އެކަޑަމީގެ ތަމްރީނުތައްބިނާކޮށްފައިވަނީ ނެދަލޭންޑްސްގެ ފުޓްބޯޅަ ލެޖެންޑް ޔޯހާން ކްރައިފްއޭނާގެ ފުޓްބޯޅަ ކެރިއަރުގައި ބޭނުންކުރި "ޓޯޓަލް ފުޓްބޯލް"ގެ މައްޗަށެވެ.
މި ތަމްރީނު ޕްރޮގްރާމާއިބެހޭގޮތުން ސޮބާ ބުނީ މިފަދަ ތަމްރީނު ޕްރޮގްރާމެއް ހަމަޖައްސައިދިނީތީ ގްރީން ސްޓްރީޓަށް ވަރަށްބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.