އައްޑޫސިޓީގައި މިހާރު ކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު އައްޑޫހައި ސްކޫލާއި ޝަރަފުއްދީން ސްކޫލް ބައްދަލުކުރި މެޗު އައްޑޫހައިސްކޫލް ކާމިޔާބުކޮށްފިއެވެ.
އެ މެޗު އެ ސްކޫލުން ކާމިޔާބުކުރީ 2-6 ލަނޑުންނެވެ. އައްޑޫހައިސްކޫލުގެ 6 ލަނޑުގެ ތެރެއިން 5 ލަނޑުޖަހައިދިނީ އެޓީމްގެ ރަފާހު އިބްރާހީމެވެ. އަނެއް ލަނޑު ޖަހައިދިނީ ހާޒިމް ފައުޒީއެވެ.
ޝަރަފުއްދީން ސްކޫލުމް ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖަހައިދިނީ އެޓީމުގެ އިބްރާހީމް އަމްރާން އުމަރެވެ. ދެވަނަ ލަނޑުޖަހައިދިނީ އެޓީމުގެ އަހުމަދު ހާމީ ނަޖާހުއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ފޭދޫ ސްކޫލާއި، އިރުޝާދިއްޔާ ސްކޫލެވެ.