ރާއްޖޭގެ 10 ކިލޯމީޓަރ ދުވުމުގެ ޤައުމީ ރިކޯޑުހުސެން ފަޒީލް ހާރޫން މުގުރާލައިފިއެވެ.
މޮރޮކޯގައި އޮތް އުޖުދާ އިންޓަރނޭޝަނަލްމެރަތަންގެ 10 ކިލޯމީޓަރު ދުވުމުގައި ވާދަކޮށް އޭނާ މި ރިކޯޑު މުގުރާލީ 33 މިނެޓު 47 ސިކުންތުންރޭސް ނިންމައިގެންނެވެ.
މިކަމާއިގުޅިގެން ކޯޗް ޢަބްދުﷲ އިބްރާހިމް (އަބުޅޯ)ބުނީ ހުސެން ފަޒީލްއަކީދުވުމުގެ ހުނަރު ހުރި މޮޅު އެތުލީޓެއް ކަމަށާއި ކުރިއަށް އޮތް ތާނގައިމިޤައުމަށް ރީތިނަން ހޯދާދިނުމުގައި ފަޒީލްގެ ދައުރު ވަރަށްވެސް ބޮޑުކަމަށެވެ.
އެމްއެންޑީއެފްގެ ލާންސް ކޯޕަރްލެއްގެ މަޤާމު އަދާކުރަމުން އަންނަ ފަޒީލު މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް އިންޑިއަން އޯޝަންއައިލެންޑް ގޭމްސްގައި 5000 މީޓަރާއި 1500 މީޓަރު ދުވުމުން ރާއްޖެއަށް ރަންމެޑަލް ހޯދާދިނުމަށެވެ.
ރާއްޖޭގެ 10 ކިލޯމީޓަރ ދުވުމުގެ ޤައުމީ ރެކޯޑު ކުރިން އޮތީ ޒައިދު ޝަރީފް އަތުގައެވެ.ޝަރީފް މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ޑުބާއީ މެރެތަންގައިދުވެގެން ރޭސް ނިންމާފައި ވަނީ 34:40 މިނެޓުން ދުވެގެންނެވެ. އަދި އޭގެ ކުރިން މިރިކޯޑް އޮތީ ރާއްޖޭގެ ކުރީގެ އެއްވަނަ ދުވުންތެރިޔާ އަދި މިހާރު ގިނަބަޔަކު ތަމްރީނު ކުރަމުން އަންނަ ކޯޗު ނަސީރުއިސްމާއިލް އަތުގައެވެ. ނަސީރު އެރެކޯޑް ހެދީ 1999 ވަނަ އަހަރުގެ މާލޭމެރެތަންގައި ދިވެ 35:05 މިނެޓުން ރޭސް ނިންމައިގެންނެވެ.