ހިފާފައިވާ ލަސްޠީނުގެ ބިންތކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ ޞުލްޙަވެރިކަން އެއްވެސް ވަރަކަށް ޞުލްޙަ ބޭނުންވާ ބައަކު ކުރާނެ ކަމެއް ނޫން ކަމަށް އެމެރިކާގެ މަޝްހޫރި ފިލްމީ ތަރިއެއްކަމަށްވާ ރިޗަރޑް ގެރެ ބުނެފިއެވެ.
ރިޗަރޑް މިމޭރުމުން ބުނެފައިވަނީ އޭނާ ކުޅުނު ޔަހޫދީއަކު އުފެއްދި ފިލްމެއް ޕްރީމިއަރ ކުރުމަށް އިޒްރޭލަށް ގޮސްހުރެއެވެ.
އޭނާ ބުނީ އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން ގެދޮރު އަޅައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ އިޒްރޭލުން ހިންގަމުން ގެންދާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެއްވެސް ގޮތަކުން ދުނިޔެ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ގެދޮރުއަޅައި ޔަހޫދީން ވަޒަންވެރިކުރުވުމާއި ދެކޮޅަށް ގިނަ ފަރާތްތަކަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކޮށް އަޑުތައް އުފުލަމުންނެވެ. އެއިން އެއްވެސް ކަމަކަށް ބަލައިލުމެއް ނެތި އިޒްރޭލުން ގެންދަނީ ގެދޮރުއެލުމުގެ ކަންކަން ކުރިއަށެވެ.