އިންޓަރ އޮފީސް، ކޮމްޕެނީ 9 ވަނަ ޓޭބަލް ޓެނިސް މުބާރާތް ފަށައިފިއެވެ.
ރޭ ބޭއްވި ޚާއްޞަ ހަފުލާއެއްގައި ދިވެހި ރާއްޖެއަށް ޗައިނާއިން ކަނޑައަޅާފައިވާ ސަފީރު ވަން ފުކާންގ ޝަރަފްވެރިކޮށްދެއްވި މި މުބާރާތް މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުން ކުރިއަށްދާ އިރު، މި މުބާރާތުގެ ދެ ޑިވިޝަނުގައި ފިރިހެން ޓީމު އިވެންޓާއި އަންހެން ޓީމު އިވެންޓުގެ ކުޅުން ކުރިއަށްދާނެ ކަމަށެވެ.
ޒުވާނުންގެ މަރުކަޒުގެ ޓީޓީ ހޯލުގައި މި މުބާރާތް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް 19:00 ން 23:00 އަށެވެ.