އެފްއޭ ކަޕުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 26 އާހަމައަށް ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 26ސ
އެފްއޭ ކަޕުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 26 އާހަމައަށް ހުޅުވާލައިފި
ފުޓްބޯލް އެސޯސިއޭޝަން ކަޕް (އެފްއޭ ކަޕް) ގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 26 އާ ހަމައަށް ހުޅުވާލައިފިއެވެ.

އެ އިދާރާއިން ނެރެނު ބަޔާނެއްގައި ބުނެފައިވަނީ އެފްއޭ ކަޕްގައި ބައިވެރިވާން އެދޭ އެ އިދާރާގެ މެމްބަރު ކުލަބް ޖަމިއްޔާ ޖަމައާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު މިއަދުންފެށިގެން މި މަހުގެ 26 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މުބާރަތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމް އެފްއޭއެމްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިއަދު އޮންލައިން