އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމާއި ގުޅިގެން ކުރިމަތިވާ މައްސަލަތަކުގައި އީޔޫގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގައި ތިބި އީޔޫގެ މީހުންނަށް އެނބުރި ދާންޖެހިއްޖެނަމަ އިނގިރޭސިވިލާތުގައި ހުރި އޮކްސްފޯޑް ޔުނިވަރސިޓީގެ 35 ފެކަލްޓީ ބަންދުކުރަންޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.
އެޔުނިވަރސިޓީން ބުނީ މިކަމަށް ޕާލަމެންޓުގައި ނަގާ ވޯޓޫގައި އީޔޫގެ މީހުންނަށް އިނގިރޭސިވިލާތުގައި މަސައްކަތް ނުކުރެވޭނެ ގޮތަކަށް ފާސްކޮށްފިނަމަ އެ ޔުނިވަރސިޓީގެ ފެކަލްޓީ ތަކުގައި ކިޔަވައިދިނުމަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ.
އެ ޔުނިވަރސިޓީން ބުނެފައިވަނީ އިޔޫގެ ލެކްޗަރަރ އިންނާއި ޕްރޮފެސަރުން މިހާރުވެސް ތިބީ ކަންބޮޑުވުމެއްގައި ކަމަށާއި އެކަމުގެ ސަބަބުން މަސައްކަތުގެ ހިތްވަރު އެލިފައިވާ ކަމަށެވެ.
އޮކްސްފޯޑް ޔުނިވަރސިޓީއަކީ 900 އަހަރުވެފައިވާ ދުނިޔޭގެ އެންމެ ދުވަސްވީ ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވަރސިޓީއެކެވެ. އިނގިރޭސި ބޮދުވަޒީރާއި މާލީ ވަޒިރު އަދި ޚާރިޖީ ވަޒީރަކީވެސް އެ ޔުނިވަރސިޓީގެ ދަރިވަރުންނެވެ.